މައުމޫން މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި

ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު މާލެ ގެނެސް ޑޮކްޓަރަށް ދައްކައިފި އެވެ. މައުމޫން މިއަދު ދައްކާފައި ވަނީ ލޮލުގެ ޑޮކްޓަރަކަށެވެ.
އެމަނިކުފާނު ގެނެސްފައި ވަނީ، ފަރީދީ މަގުގައި ހުންނަ ވިޝަން އޮޕްޓިކަލްގެ ކްލިނިކަށެވެ. އެ ކްލިނިކަށް އެމަނިކުފާނު ގެނެސްފައި ވަނީ ލޮލުގެ ޑޮކްޓަރަކަށް ދެއްކުމަށެވެ. އެހެން ނަމަވެސް، އެމަނިކުފާނުގެ ލޮލަށް ދިމާވީ ކޮން މައްސަލައެއް ކަމެއް ސާފެއް ނުވެ އެވެ.
މި ހަފްތާގެ ތެރޭގައި ވެސް މައުމޫން ވަނީ އޭޑީކޭއަށް ގެނެސް ޓެސްޓްތަކެއް ހައްދައިފަ އެވެ.
މައުމޫން ގެންދަވަނީ، ބެނިން ޕެރޮގްޒީމަލް ޕޮޒިޝަނަލް ވާޓިގޯ (ބީޕީޕީވީ) ނޫނީ ބޯ އެނބުރުމުގެ ބައްޔަށް ފަރުވާ ހޯއްދަވަމުން އެވެ. އެކަމުގެ ސަބަބުން، ޖަލުގައި ހުންނަވަނިކޮށް މައުމޫންއަށް ވަނީ ފަސްވަރަކަށް ފަހަރުމަތިން ބޮލަށް އެނބުރުން އަރައި ޒަރޫރީ ކަންކަން ކުރުމަށް އުދަނގޫތަކާ ކުރިމަތިވެފަ އެވެ.
މައުމޫންގެ ވަކީލުން އަދި އާއިލާއިން ވަނީ މައުމޫން ގެޔަށް ބަދަލުކޮށް ދިނުމަށް އެދިފަ އެވެ. އެހެން ނަމަވެސް، ސަރުކާރުން އެކަމަށް ވަނީ ބީރުކަންފަތެއް ދީފަ އެވެ. އެމަނިކުފާނުގެ ބަލި ހާލުކޮޅު ހުރި ގޮތުން ކްރިމިނަލް ކޯޓްގައި އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކުރި ނަމަވެސް، އެމަނިކުފާނުގެ ބަލިހާލު ހުރިގޮތުން ކޯޓަށް ހާޒިރުކުރެވިފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ