ބަޖެޓު ފާސްކުރުން ހުއްޓުވުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް

ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރުން ހުއްޓުވުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
ސަރުކާރުން ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓު ފާސް ކުރަން ނަގާ ވޯޓު މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެ ދިނުމަށް އެދި އެމްޑީޕީން ސުޕްރީމްކޯޓުގައި އެދިފައި ވެއެވެ.
އަދި ބަޖެޓު ފާސް ކުރުމަކީ ގާނޫނެއް ފާސްކުރާ ދަރަޖައިން އިފްތިރާޟުވެގެންވާ ކަމަކަށް ވާތީ މަޖިލީހުން ބަޖެޓް ފާސް ކުރަން ވާނީ ގާނޫނުއަސާސީގެ މާއްދާއަށް ރިއާޔަތްކޮށް، މަޖިލީހުގެ ގަވާއިދުގެ 38 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ މެމްބަރުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ކަމަށް ކަނޑައަޅައި ދިނުމަށް އެމްޑީޕީން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ