އުއްތަމަ ފަނޑިޔާރުގެ މަޤާމަށާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ބޭފުޅުން އައްޔަން ކުރައްވައިފި

އުއްތަމަ ފަނޑިޔާރު ކަމަށާ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފިއެވެ.
އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލްއުސްތާޛް އަބްދުﷲ ދީދީ އާއި އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު ރައީސް ވަނީ މިއަދު އައްޔަން ކުރައްވައިފައެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެބޭފުޅުންވެސް ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ކުރިފުޅުމަތީގައެވެ. މިއީ އެމަނިކުފާނުގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވި ދެ ވަނަ ބޭފުޅެވެ.
މި ދެބޭފުޅުން މި މަޤާމަށް އައްޔަން މި ކުރެއްވީ އެކެއް ފެބްރުއަރީގައި ރާއްޖޭގައި ހިނގާދިޔަ ކަންތައްތަކުގެ ތެރެއިން އޭރުގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަމަކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވަނިކޮށް މި ޙުކުމް ހައިކޯޓްގައި އިސްތިއުނާފްކުރުމުން، ހައިކޯޓުން މި ޙުކުމަށް ތާޢީދުކޮށް، ޙުކުމުގެ މުއްދަތު 1 އަހަރާއި 2 މަހާއި 12 ދުވަހަށް ކުޑަކޮށް ސުޕްރީމް ކޯޓުންވެސް މި ޙުކުމަށް ތާއީދު ކުރުމާ ގުޅިގެން ފަނޑިޔާރުންގެ މަޤާމް ހުސްވުމާ ގުޅިގެންނެވެ.
ގާނޫނު އަސާސީ އޮންނަ ގޮތުން އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރާނީ ޖުޑިޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ލަފާގެ މަތިން މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާ ނަންފުޅުތައް މަޖިލީހުން ފާސް ކުރުމުން ރައީސެވެ. އެގޮތުގެ މަތިން އިއްޔެ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ވަނީ އެކަން ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ