ރާއްޖެއަކީ ހުރިހާ އެންމެން ބަލައިގެންފައިވާ މަންޒިލެއް ކަމަށާއި ރާއްޖެއަށް ޒިޔާރަތްކޮށް ރާއްޖޭގެ ޤްދްރަތީ ރީތިކަން ދެކިލަން ބޭނުން ނުވާ ހަމައެކަކުވެސް ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ނައިބު ޙުސައިން ލިރާރު ވިދާޅުވެއްޖެއެވެ.
ޑެސްޓިނޭޝަން މޯލްޑިވްސް ގައިޑް 2017 ނެރުން އިފްތިތާޙްކުރުމަށް މިރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ލިރާރު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް އިންޑަސްޓްރީ ފެށުނު ފަހުން އަބަދުވެސް ޤާނޫނުތައް ހަދައި މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ޤްދްރަތީ ރީތިކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް ކަމަށެވެ. އަދި މިއަދުވެސް އެންމެ ބޮޑު މަސައްކަތެއް ކުރެވެނީ އެކަމަށް ކަމަށެވެ.
ލިރާރް ވިދާޅުވީ އަހަރަކަށް ބަލައިފިނަމަ ފަތުރުވެރިންގެ ގޮތުގައި ދަތުރުކުރަނީ ދުނިޔޭގެ އާބާދީގައި ހިމެނޭ 6 ބިލިއަން މީހުންގެ ތެރެއިންެ 1 ބިލިއަން މީހުން ކަމަށެވެ. އަދި އެ 1 ބިލިއަން މީހުން ހޯދުމަށްޓަކައި ހުރިހާ ޤައުމުތަކުން ގެންދަނީ ވާދަވެރިކަމާއިއެކު "ހަނގުރާމަކުރަމުން" ކަމަށެވެ. އަދި އެ ހަނގުރާމަ އަވަށްޓެރި ޤައުމުތަކުންވެސް އަންނަނީ ކުރަމުން ކަމަށެވެ.
ލިރާރް ވިދާޅުވީ ވާދަވެރިކަން މިފަދައިން ހުރިއިރު މިއީ ޤައުމުގެ އެންމެން ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ކުރިއަރުވަން މަސައްކަތްކުރަން ޖެހޭ ވަގުތެއް ކަމަށެވެ. ހަމަ ކޮންމެ މީހަކުވެސް އެމީހަކަށް ކުރެވުނުހައި މަސައްކަތެއް ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ކުރަންވީ ވަގުތު ކަމަށެވެ.
ލިރާރް ވިދާޅުވީ ރާއްޖޭގެ އިޤްޠިޞާދަށް އެންމެ ބޮޑު ހިއްޞާއެއް ކުރަނީ ފަތުރުވެރިކަމުން ކަމަށްވާއިރު ފަތުރުވެރިކަމަށް އަންނަ ކޮންމެ ލޮޅުމެއް އިޤްޠިޞާދާ ޙިއްޞާކުރާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ ލޮޅުމެއް އަމާޒުވެގެންދާނީ ހުރިހައި ޢާއިލާތަކަށް ކަމަށެވެ.
އެހެންކަމުން ސިޔާސީ ފިކުރާއި ޚިޔާލުތަފާތުވުންތައް ދޫކޮށް އެންމެން ގުޅިގެން ފަތުރުވެރިކަން ކުރިއަރުވަން ގަދައަޅައި މަސައްކަތް ކުރުމުގައި އެންމެން އެކުގައި އަތުގުޅައިލުމަށް ލިރާރް ވަނީ ގޮވާލައްވައިފައެވެ.
ރާއްޖެ އަންނަން ބޭނުން ނުވާ ފަތުރުވެރިއަކު ނެތް: ލިރާރް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ