ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެ ދާއިރާގެ ދެ ރަށަކަށް ޒިޔާރަތް ކުރައްވައިފި އެވެ.
ކިނބިދޫ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެބޭފުޅުންގެ ހާލުބައްލަވާ ބޭނުންވާ ކަންކަން ދެނެގަތުމަށް ރިޔާޒު ކުރެއްވި ދެ ދުވަހުގެ މިދަތުރުފުޅުގައި ވައިޑައިގެންނެވީ ތ. ކިނބިދޫ އާއި ތ. އަޮމަދޫ އަށެވެ.
މިދަތުރުގައި ރިޔާޒް ވަނީ އޮމަދޫއާއި ކިނބިދޫގެ ކައުންސިިލް މެމްބަރުންގެ އިތުރުން އެރަށު ސްކޫލާ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާ ބައްދަލްކުރައްވާ ދެ ރަށުގެ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންތައްތައް އޮޅުންފިލުއްވާފަ އެވެ. އަދި ދެ ރަށުގެ ރައްޔިތުންނަށް ދަތިވާ ކަންކަން މިދަތުރުގައި ރިޔާޒް އޮޅުންފިލުއްވާފައިވާ އިރު ދެ ރަށުގެ ގިނަ ރައްޔިތުންނާވެސް ވަނީ ބައްދަލުކުރައްވާފަ އެވެ.
މިދަތުރަށްފަހު ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ރިޔާޒް ވިދާޅުވީ ރަމަޟާން މަހަށްފަހު އެދާއިރާގެ ނުދެވި ހުރި ތިން ރަށް ކަމުގައިވާ ހިރިލަންދޫ އާއި ވަންދޫ އަދި ކަނޑޫދޫއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
ކުރީގެ ކޮމިޝަނަ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރެވެ.
މެންބަރު ރިޔާޒު ކިނބިދޫ ދާއިރާގެ ދެރަށަކަށް ޒިޔާރަތް ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ