އަލީ އުމަރު މަނިކު ފަސްދާނުވަޑުވައިފި

ދިވެހި ދައުލަތަށް ވަރަށް ގިނަ ދުވަހު ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ކުރައްވައި، އަދި ދައުލަތުގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވާފައިވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވާފައިވާ އަލްމަރްހޫމް އަލީ އުމަރު މަނިކު ސިންގަޕޫރުގައި މިއަދު ފަސްދާނުވަޑުވައިފި އެވެ.
އެމަރްޙޫމްގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ހާއްސަ މަންދޫބެއްގެ ގޮތުން ބައިވެރިވެވަޑައިގަތީ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.
އަލީ އުމަރު މަނިކު ފަސްދާނުވެޑުވީ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގަ އެވެ. އެމަރްހޫމްގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކުރެވޭ ކަށުނަމާދު ކުރުން އޮތީ މިރޭ އިޝާ ނަމާދަށްފަހު މަސްޖިދުއްސުލްޠާން މުހައްމަދު ތަކުރުފާނުލްއަޢުޡަމްގަ އެވެ.
އަލީ އުމަރު މަނިކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ ސިންގަޕޫރުގައި 19 ޑިސެންބަރު 2015 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 80 އަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ