ގދ. ތިނަދޫ އިންޖީނުގޭގައި އަލިފާން ރޯވެ މުޅި ރަށުން ކަރަންޓް ކެނޑިއްޖެ

4:40 - މައުލޫމާތު ލިބޭގޮތުގައި އިންޖީނު ގޭގައި ރޯވެފައިވާ އަލިފާންގަނޑު ކޮންޓްރޯލްވި ނަމަވެސް އަދިވެސް އަލިފާން މުޅިން އެކަށް ނިއްވައެއް ނުލެވޭ. ނަމަވެސް އިންޖީނު ގޭގައި ހުރި ތިން ޖަނަރޭޓަރުވެސް އަލުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށް މައުލޫމާތު ލިބޭ
-----
4:03 - ތިނަދޫއަށް މިވަގުތު ދަނީ ބޯކޮށް ވާރޭ ވެހެމުން. އިންޖީނުގޭގައި ރޯވެފައިވާ އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާކަމަށް އެ ސަރަހައްދުގައި ހުރި އާންމު ފަރާތަކުން ވީނިއުސްއަށް މައުލޫމާތު ދޭ
-----
3:40 - ތިނަދޫ އިންޖީނު ގޭގައި ރޯވި އަލިފާންގަނޑު އަދިވެސް ނިއްވާ ނުލެވޭ. އަލިފާން ނިއްވުމުގެ މަސައްކަތުގައި ތިނަދޫގެ ވަރަށް ގިނަ އާންމު ފަރާތްތަކުންވެސް ހަރަކާތްތެރި ވަމުންދާކަމަށް މައުލޫމާތު ލިބޭ
ރަށުން ކަރަންޓް ދިއުމުގެ ސަބަބުން ތިނަދޫގެ ހުރިހާ އާންމު ރައްޔިތުން ކަހަލަ ގޮތަކަށް މިހާރު ތިބީ މަގުތައް މަތީގައި.
-----
ގދ. ތިނަދޫ އިންޖީނު ގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.
އިންޖީނު ގޭގައި އަލިފާން ރޯވުމުގެ ސަބަބުން މުޅި ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށްވެސް ޚަބަރު ލިބެއެވެ.
އިންޖީނު ގޭގައި ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި ތިނަދޫގައި ތިއްބަވާ ފުލުހުންނާއި، ތިނަދޫގެ އާންމުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
ނަމަވެސް، އިންޖީނު ގޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައި ވުމާއެކު އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުކުރެވޭ ކަމަށް އެރަށުން މައުލޫމާތު ދިން އާންމު ފަރާތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ