އަބުދުﷲ ގާޒީ ނިކުންނެވުމުންވެސް ކޯޓުގެ ހިންގެވުމުން ބާރީއަށް

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ޗުއްޓީއަށްފަހު ކޯޓަށް ނިކުންނެވުމުންވެސް އެކޯޓުގެ ހިންގެވުން ގާޒީ ބާރީއާއި ހަވާލްކުރައްވާފައިވާ ނިންމުމަށް ބަދަލް ނުގެނައުމަށް ނިންމައިފިއެވެ.
ކްރިމިނަލް ކޯޓްގެ އޮފިޝަލަކު ވީނިއުސްއަށް ވިދާޅުވީ މިމަހުގެ ނުވަވަނަ ދުވަހު ކްރިމިނަލް ކޯޓްގެ އިސް ގާޒި އަބުދުﷲ މުހައްމަދު ކުރު ޗުއްޓީއެއް ނެންގެވިކަމަށެވެ.
އަދި އަބުދުﷲ ގާޒީ ޗުއްޓީ ނެންގެވުމުން ކްރިމިނަލް ކޯޓްގެ ހިންގުން ވަގުތީގޮތުން އެކޯޓްގެ ގާޒީ އަބުދުލް ބާރީ ޔޫސުފާއި ހަވާލުކޮށްފައި ވާކަމަށެވެ.
ނަމަވެސް ޗުއްޓީއަށްފަހު އަބުދުﷲ މުހައްމަދު މިއަދު މަސައްކަތަށް ނިކުންނެވި ނަމަވެސް އަދިވެސް ކޯޓް ހިންގަމުން ދަނީ ބާރީގެ ބެލުމުގެ ދަށުންކަމަށެވެ.
އަދި މިއަދުވެސް އަބުދުﷲ ގާޒީ އޮފީހަށް ނިކުންނެވިކަމަށާ ކޯޓުގެ ހިންގުމާއި އަބުދުﷲ ގާޒިއަށް ހަވާލްނުވެވުނީ ސުޕްރީމް ކޯޓުން ފޮނުވި ސިޓީއަކާއި ގުޅިގެންކަމަށެވެ.
އަބުދުﷲ މުހައްމަދަށް ސުޕްރީމް ކޯޓުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެކޯޓުން ވަކި ގޮތްތަކެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓް ހިންގަމުން ގެންދާނީ ގާޒީ އަބުދުލްބާރީ ޔޫސުފްކަމަށެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ޗުއްޓީއަށްފަހު ކޯޓަށް ނިކުންނެވުމުންވެސް އެކޯޓުގެ ހިންގެވުން ގާޒީ ބާރީއާއި ހަވާލްކުރައްވާފައިވާ ނިންމުމަށް ބަދަލް ނުގެނައުމަށް ނިންމާފައިވާއިރު އަބުދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް ވަނީ އަޑުތަކެއް ފެތުރެން ފަށައިފައެވެ. ނަމަވެސް މިކަން ރަސްމީ އެއްވެސް އިދާރާއަކުން އަދި ވަނީ ކަށަވަރުވާގޮތް ނުވެފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަލްއުސްތާޒް އަބްދުﷲ މުހައްމަދު ފެމިލީ ކޯޓަށް ބަދަލުކުރަން ނިންމާފައިވާކަމަށް އަޑުތަކެއް ފެތުރެމުން ދާއިރު ފެމިލީ ކޯޓްގެ އިސް ގާޒީގެ މައްސަލައެއް ޖޭއެސްސީން ދަނީ ބަލަމުންނެވެ.
އަބުދުﷲ ގާޒީ ފެމިލީ ކޯޓަށް ބަދަލްކުރާކަމަށް ވާހަކަދެކެވެމުން ދާއިރު، މީގެ ކުރިންވެސް އަބުދުﷲ ގާޒީ ޑްރަގް ކޯޓަށް ބަދަލުކުރަން ޖޭއެސްސީން ނިންމި ނިންމުން ގާނޫން އަސާސީއާއި ޚިލާފްކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ