ކުރަފި ވިއްކައިގެން އަހަރަކު ދޮޅު މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ހޯދާ މީހެއް

ކުރަތްޕަކީ އުނދަގޫ ބޮޑު އަދި ބައެއް މީހުން ފިސާރި ބިރުގަންނުވާ އެއްޗެކެވެ. ކުރަފީގެ އުނދަގުލުން ސަލާމަތްވުމަށް ބައެއް މީހުން މަސައްކަތް ކުރާއިރު ޗައިނާގައި ކުރަފި އާލާކުރުމަށްޓަކައި ވަނީ ފާމެއް ގާއިމް ކޮށްފައެވެ.
ޗައިނާ އުތުރުގެ އަވަށެއް ކަމަށްވާ ޝެންޑޮންގ ގައި ހުންނަ މި ފާމުން ކުރަފި އާލާކޮށް ވިއްކާ ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުންދާއިރު މިހާރުވެސް އެ ތަނުގައި 20 މިލިއަނަށްވުރެ ގިނަ ކުރަފި ގެންގުޅެމުންދާ ކަމަށްވެއެވެ.
މި ވިޔަފާރި ކުރަމުންދާ ފާމް ހިންގާ ފަރާތުން ބުނެފައިވަނީ ކުރަފި ވިއްކައިގެން އޭނާ އަށް އަހަރަކު 1.5 މިލިއަން ޑޮލަރަށްވުރެ ބޮޑު ފައިދާއެއް ލިބޭކަމަށެވެ. އަދި ކުރިޔަށް އޮތް އަހަރުތަކުގައި އެ މިންވަރު ދެ ގުނައަށް އިތުރުވެގެންދާނެ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
ކުރަތްޕަކީ ޗައިނާގެ ދުވަސްވީ މީހުން ޤަބޫލު ކުރާގޮތުގައި ގާތްގަނޑަކަށް ހުރިހާ ބައްޔަކަށްވެސް އޮތް ފަރުވާއެކެވެ. އެގޮތުން އެޗްއައިވީ ފަދަ ބޮޑެތި ބަލިތަކުން ވެސް ކުރަފި ކެއުމުން ސަލާމަތްވާ ކަމަށް އެފަރާތްތަކުން ބުނެ އުޅެއެވެ.
މި ފާމް ހިންގާފަރާތުން ބުނީ، ފާމުން ކޮންމެ ދުވަހަކު އެތައް ޓަނެއްގެ ކުރަފި ވިޔަފާރީގެ ގޮތުގައި ބޭރު ކުރާއިރު، އެތަކެތި ޗައިނާ މީހުން ކެއުމަށާއި ބޭސް ފަރުވާގެ އިތުރުން އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ކާން ދިނުމަށް ބޭނުން ކުރާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ