މޫސުން ގޯސްވެ، 13 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި 13 އަތޮޅަކަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮޖިކަލް ސެންޓަރުން މިއަދު ޔެލޯ އެލާޓް ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 3:00 އާ ހަމައަށް ކަމަށެވެ.
އަދި އެ ގަޑިތަކުގައި އެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން ވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ.
މިއަދު ހެނދުނު 7:00 އިން 11:00 އާ ހަމައަށް ޅ. އަތޮޅުން ވ. އަތޮޅާއި ދެމެދަށް ވެސް ޔެލޯ އެޕާޓް ނެރެފައިވެއެވެ. މީގެ އިތުރުން ހއ. އަތޮޅުން ނ. އަތޮޅާ ހަމައަށް، އަދި މ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް މިއަދު ހެނދުނު 9:30 އިން ފަށައިގެން މެންދުރުފަހު 3:30 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފައިވެއެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ވެސް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ