ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން ދިވެހި ރައްޔިތުން ނިކަމެތި ކަމުގެ އިހްސާސް ކުރަމުންދާ ކަމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރިފައި ވާއިރު، ސަރުކާރުގެ މަސައްކަތްތަކާ މެދު އިދިކޮޅު ދެކޭ ގޮތް ހާމަ ކުރައްވަމުން ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ސީއެންއެމް އަށް ވިދާޅުވީ އާއްމު ރައްޔިތުން ދަނީ ނިކަމެތިކަން އިހުސާސް ކުރަމުން ކަމަށާއި، ފަގީރުކަން ތަހައްމަލު ކުރަމުންދާ ކަމަށެވެ.
ޝަރީފު އިތުރަށް ވިދާޅުވީ ދިވެހިންނަކީ ވަރަށް ވަރުދަގަ ގައުމިއްޔަތެއް އޮތް ބައެއް ކަމަށާއި ނަމަވެސް އެ ގައުމިއްޔަތު ބައިބައިވެ ރޫޅިގެން ހިނގައްޖެ ކަމަށެވެ. ގައުމުގެ ސިޔާދަތު ދަމަހައްޓަން ކާބަފައިން ގުރުބާންވެފައި ވާއިރު، އެކަން އެގޮތުގައި ދެމެހެއްޓޭނެ ކަމާ މެދު ރައްޔިތުން ސުވާލު އުފައްދާ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޝަރީފު ވަނީ މިހާރު އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވެފަ އެވެ. ދީނަށް އުޅޭ ނަމަ ހައްދު ފަހަނަ އަޅައި ދިޔުމުގެ ޓެގު އަޅުވާ، ލާދީނީ ފިކުރު ފެތުރުމަކީ ބޮޑު ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ މިނިވަން ފިކުރުގެ ސަރުކާރެއްގެ ގޮތުގައި ސިފަ ކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ގައުމު އޮތީ ނުރައްކަލެއްގެ ތުންފަތް މަތީގައި ކަމަށެވެ.
ދިވެހި ރައްޔިތުން އަންނަނީ ނިކަމެތިކަން އިހުސާސް ކުރަމުން: މެމްބަރު އާދަމް ޝަރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ