ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު އޮންނާނޭ - އެމްއެންޑީއެފް

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ދިވެހި ސިފައިންގެ ޝަރަފުގެ ހިނގާލުން މި އަދު ހަވީރު އޮންނާނޭކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. އެމްއެންޑީއެފްއިން މައުލޫމާތު ދިން ގޮތުގައި ޝަރަފްގެ ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ މި އަދު ހަވީރު 16:00ގައެވެ. އެމްއެންޑީއެފްގެ މީޑިޔާ އޮފިސަރު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ ހިނގާލުން ކުރިއަށްދާނި ބަންޑާރަކޮށިން ނިކުމެގެން ބޮޑުތަކުރުފާނުމަގުން ޖުމްހޫރީ މައިދާނުން ހުޅަނގަށް ގޮސް ޗާންދަނީމަގުން އޯކިޑްމަގަށް އަޅައި، މަޖީދީމަގުން އިރަށް ގޮސް ސޯސަންމަގުން މެދުޒިޔާރަތްމަގަށް އެޅުމަށްފަހު ވެލާނާ ބިލްޑިންގ ކައިރިން އަމީރުއަޙްމަދު މަގަށް އަޅައި ބަންޑާރަކޮއްޓަށް ނިންމާ ގޮތަށްކަމަށެވެ. ޝަރަފުގެ ހިނގާލުމުގައި ހިލާލީގޭ ކުރިމަތީގައާއި މަޖީދީމަގުން ކުރީގެ އޯޑިއޯން ހުރި ސަރަހައްދުގެ ކުރިމަތީގައާއި ރަސްމީ ބޯޅަދަނޑު ކުރިމަތިން އަދި ސޯސަންމަގުން ސޯސަންގެ ކުރިމަތީ މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގުތައް ކުޅޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އެ ޝަރަފުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ސިފައިން ބައިވެރިވާނޭ ކަމަށް މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.މިނިވަން ދުވަހުގެ ކުޅިވަރުގެ ހަރަކާތްތަކުގެ ތެރެއިން ރޭ ވަނީ ހެވިކަމާއި ކުޅިވަރުގެ ހަރަކާތަށް ބާއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ