އެޗްޑީސީގެ ޗެއާމަން ކަމުން ފުއާދު ގާސިމް ވަކި ކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)ގެ ޗެއާމަން ކަމުން ފުއާދު ގާސިމް ވަކިކޮށްފިއެވެ.
ފުއާދު އެމަގާމުން ވަކި ކުރިކަން ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ ވީއެފްޕީއަށް ކަށަވަރުކޮށްދެއްވާފައެވެ. ޕްރައިވެޓައިޒޭޝަން ބޯދުން ބުނި ގޮތުގައި ފުއާދު އެމަގާމުން ވަކި ކުރައްވާފައިވަނީ އިއްޔެއެވެ.
ފުއާދު އެމަގާމަށް އައްޔަން ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުއެވެ.
ފުއާދު އެމަގާމުން ވަކި ކުރެއްވި ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ފުއާދަކީ ކުރިން ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ. ފުއާދުވަނީ ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ކަމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ