ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ރިޝްވަތުގެ ތުހުމަތާއި ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުތައް ރައީސް މައުމޫނު އިންކާރު ކުރައްވައިފިއެވެ.
ރައީސް މައުމޫނުގެ ވަކީލު މައުމޫނު ހަމީދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ފުލުހުންގެ ހުރިހާ ތުހުމަތަކަށް ރައީސް މައުމޫނު އިންކާރު ކުރައްވާފައިވާ ކަމުގައެވެ.Pres. @maumoonagayoom rejects all accusations by @PoliceMv A proper investigation would not hide under cover of #StateOfEmergencyor shy away from the clear light of #RuleofLaw or fear the accountability of #DueProcess or be terrified of an independent @judiciarymvBring it.— Maumoon Hameed (@maanhameed) February 7, 2018ރައީސް މައުމޫނުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފުލުހުން މިއަދުވަނީ އާއްމު ކޮށްފައެވެ.
އެގޮތުން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތާއި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތު ރައީސް މައުމޫނުގެ މައްޗަށް ކޮށްފައި ވެއެވެ. އަދި ޝަރީއަތަށް ނުފޫޒު ފޯރުވުމާއި ސަލާމާތީ ބާރުތައް ބައިބާ ކުރުމާއި ނުފޫޒު ފޯރުވުމުގެ ތުހުމަތުވެސް ރައީސް މައުމޫނުގެ މައްޗަށް ކޮށްފައި ވެއެވެ.
ތުހުމަތު ތަކަށް ރައީސް މައުމޫނު އިންކާރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ