ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ބާޢީއަކަށް ހެދުމަށް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީންކަމަށާ ނަމަވެސް އެކަން އެހެން ނުވާނެކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
މުހައްމަދު އަމީތު މިހެން ވިދާޅުވީ ރައީސް ނަޝީދު ބާޢީއަކަށް ހެދުމުގައި ރައީސް ނަޝީދު ކާމިޔާބު ހޯއްދަވާފައިވާކަމަށާ، ރައީސް ނަޝީދު ރައީސް މައުމޫން "މަގުފުރައްދާފައި"ވާކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދުދީ ކުރައްވާފައިވާ ޓްވީޓެއްގައެވެ.
އަމީތު ވިދާޅުވީ ރައީސް ޔާމީން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރައީސް މައުމޫން ބާޢީއަކަށް ހެދޭތޯކަމަށެވެ. ނަމަވެސް ރައީސް މައުމޫން ބާޢީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުނުވާނެކަމަށް އަމީތު ވިދާޅުވިއެވެ.
އަމީތު ވިދާޅުވީ ރައީސް މައުމޫނަކީ މިގައުމުގައި ޝަރަފުވެރިއެއްކަމަށާ އެއީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިކަން އަރުވާފައިވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން ރައީސް މައުމޫނަށް މިގައުމުގައި އޮތް އިހުތިރާމާއި ގަދަރު އަދި ޝަރަފުވެރިކަން ގެއްލުވާނުލެވޭނެކަމަށް އަމީތު ވިދާޅުވިއެވެ.
ސަރުކާރު ދިފާއުކޮށް، ސިޔާސީ ލީޑަރުންނަށް ރައްދު ދިނުމުގެ ގޮތުން ސަރުކާރު ހިންގާ ޕާޓީން ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލްވުންތަކުގެ ތެރެއިން މިއަދު ބޭއްވި ބައްދަލްވުމުގައި ވާހަކަދައްކަވަމުން ނިހާން ވަނީ ރައީސް ނަޝީދާއި، ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ބާޢީއަކަށް ހެދުމުގައި ރައީސް ނަޝީދު ކާމިޔާބު ހޯއްދަވާފައިވާކަމަށާ، ރައީސް ނަޝީދު ރައީސް މައުމޫން "މަގުފުރައްދާފައި"ވާކަމަށެވެ.
ރައީސް މައުމޫނު ފަހަތްޕުޅުން ސިޔާސީ މައިދާނަށް ނިކުންނެވުމަށްފަހު ރައީސް މައުމޫނަށް އެންމެ ބޮޑަށް ތައުރީފުކުރައްވާ މީގެ ކުރިން ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކީ ނިހާނެވެ. ނަމަވެސް މިސަރުކާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ޚިލާފަށް ކަންކަން ކުރަން ފެށުމުން މި ސަރުކާރަށް ކުރައްވަމުން އައި ތާއީދު އަނބުރާ ގެންދެވުމާއިއެކު ރައީސް ޔާމީނަސް ތާއީދުކުރާ ބޭފުޅުން ގެންދަވަނީ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ ނިހާނެވެ.
ރައީސް މައުމޫން ބާޢީއަކަށް ނުހެދޭނެ، އެއީ ނިޝާން ގާޒީގެ އިއްޒަތުގެ ވެރިޔާ: އަމީތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ