އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވެ ކަރަންޓު ކެނޑިއްޖެ

އއ. އުކުޅަހު އިންޖީނު ގޭގައި މިއަދު އަލިފާން ރޯވެ، ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ފުލުހުން ބުނި ގޮތުގައި އުކުޅަހު އިންޖީނުގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނު 11 ޖަހާކަންހާއިރެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ރަށު ކައުންސިލް މެމްބަރަކު ބުނި ގޮތުގައި އެ ރަށު އިންޖީނު ގޭގައި އެއްކޮށް ރޯވެ މިހާރު ދަނީ އަނދަމުންނެވެ.
"ގާތްގަނޑަކަށް 30 މިނެޓު ވެދާނެ ރޯވެގެން އުޅޭތާ. އަދިވެސް ނިއްވާ ނުލެވޭ،" މެމްބަރަކު ވިދާޅުވި އެވެ.
(އިތުރު ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ