ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމުގެ ތެރެއިން --
ހުޅުމާލޭގައި ހިނގާ ކުށްތައް މަދުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން ހުޅުމާލޭގައި ހޭކުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އޭޕްރީލް 19 ވަނަ ދުވަހު ހުޅުމާލެ ޕޮލިސްގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ ހުޅުމާލޭގައި އަލަށް އާބާދުވި 104 ފްލެޓަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައެވެ.
އެގޮތުން ހުޅުމާލޭގައި އާންމުކޮށް ހިނގާ ކުށްތަކާއި ގުޅޭގޮތުންނާއި ގޯތި ގެދޮރާއި މުދާ ރައްކާތެރިކުރުމުގެ ގޮތުން އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި ބޭނުންކުރެވިދާނެ ވަސީލަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އަދި ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުންނާއި ކަމެއް ހިނގައިފިނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ފުލުހުންނަށް ރިޕޯޓްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.
ހުޅުމާލޭއަކީ ކުށްމަދު އަމާން މާހައުލެއް ޤާއިމްވެފައިވާ ތަނަކަށް ހެދުމުގެ ގޮތުން ހުޅުމާލެ ޕޮލިސްއިން ދަނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ސިލްސިލާކޮށް ކުރިއަށް ގެންދަމުންނެވެ.
ކުށްމަދުކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހުޅުމާލޭގައި ކުރިއަށް ގެންގޮސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ