މާދަމާގެ ޖަލްސާއަށް މެންބަރުން ވަނަދެއްވާ:އިއްތިހާދު

މަޖީލީހުގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފައިވާ 12 މެންބަރުން މާދަމާގެ ޖަލްސާއަށް ވަނުމުގެ ފުރުސަތު ދިނުމަށް އިދިކޮޅު އިއްތިހާދުން ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފިއެވެ.
އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ ސްޕްރީމް ކޯޓުން މިރޭ ނެރެފައިވާ އަމުރުގައި 12 މެންބަރުންގެ ގޮނޑި ގެއްލުނުވާހަކައެއްނެތް ކަމަށެވެ. އެހެންވީމާ މާދަމާގެ ޖަލްސާގައި އެ މެންބަރުންނަށްވެސް ބައިވެރިވެވެންޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ސްޕްރީމް ކޯޓުގެ ހުކުމަށްފަހު އެ 12 މެންބަރުން މާދަމާގެ ޖަލްސާއަށް ވެއްދުމަކީ ސަލާމާތީ ޚިދުމަތްތަކުން ކޮށްދެއްވަންޖެހޭ ކަމެއް ކަމަށެވެ. އެހެންވީމާ އެކަން ކޮށްދެއްވުމުގައި އެބޭފުޅުން ފަސްޖެހި ވަޑައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދައްކަވަމުން ޝައިޚު އަލީ ޒާހިރު ވިދާޅުވީ މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިރޭގެ ހުކުމުން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.
ތަފްސީލް …..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ