ގަދަ ބާރާއި ނުފޫޒުން ލޯތްބެއް ނުހޯދޭނެ: ޔުމްނާ މައުމޫނު

ގަދަ ބާރާއި ނުފޫޒު ބޭނުންކޮށްގެން ރައްޔިތުންގެ ލޯބި ނުހޯދޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނު ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.
ޔުމްނާ މިމޭރުމުން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިރޭ ވިލިމާލޭ އެމްޑީޕީ ޖަގަހާގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.
އިދިކޮޅު ފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަޖިލިސް މެމްބަރުން ތަކެއްގެ ގޮނޑި ގެއްލުވާލާ ސަރުކާރުން މަޖިލީހުގައި ގަދަބާރުން ކަންކަން ކުރަމުން ގެންދާކަމަށް އިޝާރާތް ކުރައްވާ ޔުމްނާ ވިދާޅުވީ ގަދަބާރާއި ނުފޫޒު ފޯރުވައިގެން ރައްޔިތުންގެ ތާއީދު ނުހޯދޭނެ ކަމުގައެވެ. އަދި މަޖިލީހުގެ އެ މެމްބަރުން އަދިވެސް ތިއްބެވީ އެ ހިތްވަރުގައި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
މަޖިލީހުގެ މެމްބަރުން ތަކެއްގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ނަމަވެސް އެމެންބަރުން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށާއި އަދިވެސް މަޖިލީހުގެ މެޖޯރިޓީ އޮތީ އިދިކޮޅު ފަރާތްތަކަށް ކަމަށް ޔުމްނާ ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކަށްމަޖިލީހުގެ މެޖޯރިޓީ ލިބުމުން ސަރުކާރުން ގަދަބާރު ބޭނުން ކޮށްގެން ކަންކަން ކުރަން ފެށުމަކީ އިދިކޮޅަށް ލިބުނު ކާމިޔާބެއް ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ