އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް: މާރިޔާ

ދާދި ފަހުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަކީ ޕާޓީ ނިޒާމާ ބީރައްޓެހި ބޭފުޅެއް ކަމަށް ރައްޔަތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު މާރިޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ އަކީ ގުޅިފައިވާ އިއްތިހާދެއްގައި މަސައްކަތްކުރާ ބައެއްކަން އެނގިހުންނަވާ އުމަރު ޖޭޕީ އަށް ސޮއިކުރައްވައި، އެމްޑީޕީއާ އެކު މަސައްކަތްނުކުރައްވާނެ ކަމަށް ވިދާޅުވުމަކީ ޕާޓީ ނިޒާމާ ބީރައްޓެހި މީހުންކުރާ ބާވަތުގެ ކަމެއް ކަމަށެވެ.
#JP aai #MDP akee #JointCoalition ehgai massakaiy kuraa baehkan engi hunnavaa @UmarNaseerMV #JP ah soikuravvaa #MDP aai eku massaikaiy nukuravvaane kamah vidhaalhuvun e ee #PartyNizam aai beerattehi meehun kuraa baavathuge kameh!!
މާރިޔާގެ މި ޓުވީޓަށް ރައްދު ދެއްވަމުން ރައްޔަތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެމްޑީޕީ ބޭނުންވެއްޖެ ނަމަ އުމަރަށް އެމްޑީޕީއާ އެކު މަސައްކަތްކުރެއްވުން ނޫން ގޮތެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީއާ ވައިވެސް އުމަރު އަށް އެޅިޔަ ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައި ކަމަށެވެ.
MDP beynun vejjeyyaa Umar ah noannaane MDP aa eku masakkaiy kurevvun noon choice eh. Ehenas @HassanLatheef vidhaalhu vanee vaives elhiya nudhey namo. Ehenveemaa thikameh vaahaka nei
ޖޭޕީގެ ޓިކެޓް ޤާސިމް އިބްރާހިމަށް ލިބިވަޑައިނުގަންނަވާނަމަ، އެޕާޓީގެ ޓިކެޓްގައި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައި، އުމަރު ނަސީރު ޖޭޕީއަށް ގުޅިވަޑައިގަންނަވަން ނިންމެވުމުން، އެޕާޓީގެ އަސާސީ ޤަވާޢީދު ބެއްލެވިންތޯ ވިދާޅުވެ ހަސަން ލަތީފުވަނީ އުމަރު ނަސީރަށް ފާޑުވިދާޅުވެފަ އެވެ. އަދި ޖޭޕީގެ ރިޔާސީ ޓިކެޓަކީ އެޕާޓީގެ އަސާސީ ޤަވާޢިދުން، އެޕާޓީގެ ލީޑަރަށް ލިބޭ އެއްޗެއްކަން ފާހަގަކުރެއްވިއެވެ.
އުމަރު ނަސީރު ޖޭޕީއާ ގުޅިވަޑައިގަތުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ