ރައީސް މައުމޫން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ކުރައްވާފައިވާ ޓުއީޓެއްގައި ވިދާޅުވީ އިންޑިއާގެ ޕްރައި މިނިސްޓަރާ މިއަދު ބައްދަލު ކުރެއްވުމުގެ ޝަރަފު ލިބިވަޑައިގެންނެވި ކަމަށާއި އަދި އިންޑިއާ ސަރުކާރުގެ ދީލަތި މެހުމާންދާރީ އަށް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. އަދި މައުމޫން ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާ އަކީ ސުލްހައިގެ ބައިވެރިން ކަމަށާއި ތަރައްގީ އަށް މަސައްކަތް ކުރާ ދެ ގައުމު ކަމަށެވެ.
މައުމޫން އޮފީހުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ މައުމޫން މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުވަޒީރާ ބައްދަލު ކުރެއްވީ މިއަދު ހެނދުނު ކަމަށެވެ.
މައުމޫން އިންޑިއާ އަށް ވަޑައިގަތީ އަމިއްލަ ދަތުރުފުޅެއްގައި މެލޭޝިއާގައި އުޅުއްވަމަށް ފަހު ރޭގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ