މަހުލޫފްގެ މައްސަލަ ސާބިތު ނުވާ ކަމަށް ހުކުމް ކޮށްފި

ކުރެއްވި ޓްވީޓަކާއި ގުޅިގެން ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތު ނުވާ ކަމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޔޫތު މިނިސްޓަރުގެ މައްޗަށް އުފުލާފައިވަނީ ދައުވާއަކީ ހިނގާފައި ނުވާ ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ ކުރާ ދައުވާ އެކެވެ.
މަހްލޫފްގެ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށި ޖަލުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި، އެކަށީގެންވާ ފަރުވާ ނުދީ މަރާލަނީ ކަމަށެވެ.
ކުރިމިނަލް ކޯޓުގައި މަހުލޫފުގެ އެމައްސަލަ ކުރިއަށް ގެންގޮސް ހުކުމް ކުރި އިރު އަޑުއެހުން ތާވަލްކުރި ފަހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އެ މައްސަލަ އިތުރަށް ބަލާ ދިރާސާ ކުރުމަށް ކަމަށ ްބުނެ، އަނބުރާާ ގެންދިޔުމަށް އެދި ސިޓީއެއް ކުރިމިނަލް ކޯޓަށް ފޮނުވާފައެވެ.
އެހެެންނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވަނީ އެ މައްސަލާގައި އިބްތިދާއީ މަރުހަލާ ނިމިފައިވާތީ މައްސަލަ އަނބުރާ ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިންވެސް ވަނީ އިތުރު ދެ ޓްވީޓްއަކާއި ގުޅިގެންވެސް މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.
މީގެ އިތުރުން މަހުލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާއެއްވެސް ވަނީ އުފުލާފަ އެވެ. ނަމަވެސް އެ ދެ ދައުވާވެސް ސެޕްޓެބަރު މަހުގެ 27 ވަނަ ދުވަހު ވަނީ ކޯޓުން ބާތިލްކޮށްފަ އެވެ.
މި ދެ ދައުވާ ބާތިލްކުރީ މަހުލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކޮށްފައިވަނީ ގާނޫނުގެ އެންމެ އެކަށީގެންވާ މާއްދާތަކަށް ރިއާޔަތްކޮށްގެން ނޫން ކަމަށް ކަނޑައެޅުމަށްފަހު އެވެ.
މީގެ ކުރިންވެސް މަހުލޫފްގެ މައްޗަށް ދެ ދައުވާއެެއް އުފުލާ އެ ދައުވާތައް ސާބިތުވާ ކަމަށް ނިންމުމުން މަހުލޫފް ވަނީ 10 މަސް ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާފަ އެވެ.
ޖަލުު ތަޖުރިބާތަކަށްފަހު ކަންކަން އިސްލާހުކުރުމަށް ބާރުއަޅުއްވާ މަހުލޫފް ވަނީ ޓްވީޓާ މެދުވެރިކޮށް ގިނަ ޓްވީޓްތަކެއް މީގެކުރިން ކުރައްވާފަ އެވެ.
މިޓްވީޓްތަކުގެ މައްސަލަތައް ކަމާ ބެހޭ އިދާރާތަކުން ކުށްވެރިކޮށްފައިވާއިރު އެ ކަންކަން އިސްލާހުކުރަން މަސައްކަތްކޮށްފައެއް ނުވެ އެވެ.
މަހުލޫފަކީ ވޭތިވެދިޔަ ދުވަސްތަކުގައި ޓްވީޓާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ޒިންމާދާރުކުރުވުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވި މަޖިލީސް މެންބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ