ކަރަންޓް މައްސަލައެއް ދިމާވެ ޕާސްޕޯޓް ދޫކުރުން މެދުކެނޑިއްޖެ

ކަރަންޓް މައްސަލައެއް ދިމާވެ ޕާސްޕޯޓް ދޫކުރުން ވަގުތީ ގޮތުން މެދުކެނޑިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.
އިމިގްރޭޝަނުން މިއަދު މެންދުރު ފަހު ބުނެފައި، ދިމާވި ކަރަންޓުގެ މައްސަލައަކާއި ގުޅިގެން ޕާސްޕޯޓުގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ.
މިކަން ދިމާވެފައި ވަނީ މިއަދު މެންދުރު 14:00 ހާއިރުއެވެ.
އިމިގްރޭޝަނުން ބުނީ، މިހާރު އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ހައްލު ވުމުން، ޕާސްޕޯޓް ދޫކުރުން ކުރިއަށްދާނެ ކަމަށްވެސް އިމިގްރޭޝަނުން މައުލޫމާތު ދެެއެވެ.
އެގޮތުން ޕާސްޕޯޓް ދޫކުރަމުން ދަނީ، މިއަދު 16:00 ގެ ފަހުންނެވެ. އެއީ ނަމްބަރު ނަގާފައިވާ ފަރާތްތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ