ސުޕްރީމް ކޯޓު ހިންގުން ފަނޑިޔާރު ޢަރީފާ ޙަވާލުކޮށްފި

ސުޕްރީމް ކޯޓުން ހިންގުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާ ހަވާލު ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފި އެވެ. އެކޮމިޝަނުން މިގޮތަށް ނިންމާފައިވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށް، މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން މިއަދު ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން ވަނީ އުއްތަމަ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު އާދަމްވެސް މަޤާމުން ވަކިކުރުމަށް ޖޭއެސްސީންވަނީ  ނިންމާފައެވެ. ސުޕްރީމު ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއިން މިހާރުވެސް ތަޙުޤީޤުކުރަމުން އެބަދެއެވެ. ނަމަވެސް މިހަތަރު ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި އާދަމް މުޙައްމަދުވަނީ ޖޭއެސްސީއިން ބަލަނީ ސުލޫކީ މައްސަލަތަކެއް ނޫންކަން ފާހަގަކުރައްވައި، އެތަޙުޤީޤުތަކަކީ ޣައިރު ޤާނޫނީ ތަޙުޤީޤެއްކަމުގައި ވިދާޅުވެފައެވެ.
މިލިޔުން ކިޔާލުމުން
33 %
އުފާވި
0 %
ދެރަވި
67 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ