އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދީފައިވާ ނަންތަކަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިއަދު ވިދާޅުވީ، ސިޓީތަކުގެ އިންތިހާބީ ދާއިރާތަކަށް ދެވިފައިވާ ނަންތަކާއި ގުޅޭގޮތުން އެެއްެވެސް ހިޔާލެއް އޮތް ނަމަ މި މަހުގެ 29 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށެވެ.
އީސީން ވިދާޅުވީ، އެ ހިޔާލުތައް ސިޓީއަކުން ނުވަތަ މެއިލް އަކުން ނުވަތަ، އިސީގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށްވެސް ހުށަހެޅޭނެ ކަމަށެވެ.
ރޭ އޮތް ހަފްލާއެއްގައި އީސީން ވަނީ މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ދާއިރާތަކުގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގެ ގޮނޑިތައް ކަނޑައެޅުމަށް ގުރުއަތު ނަގާފައެވެ.
މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން ހަ ދާއިރާއެއް އަންހެނުންނަށް ވަނީ ހާއްސަކޮށްފައެވެ. އައްޑޫގެ 12 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަތަރު ދާއިރާ، އަދި ފުވައްމުލަކުގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާއެއް ވަނީ އަންހެނުންނަށް ހާއްސަކޮށްފައެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލް އިންތިޚާބުގެ 33 އިންސައްތަ ހާއްސަ ކުރަނީ އަންހެނުންނަށެވެ.
ސިޓީތަކުގެ އިންތިހާބީ ދާއިރާގެ ނަންތަކަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ