ގައުމީ ވަންތަކަމާއި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދެއްވުމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައި ވަނީ މިއަދު އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލުކުރައްވުމަށްފަހު ވަކީލުން މެދުވެރިކޮށް ރައްޔިތުންނަށް ދެއްވި ހާއްސަ މެސެޖެއްގައެވެ. އެ މެސެޖުގައި ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް ހެޔޮ އެދޭ އެއްވެސް މީހަކު އަދި ވަކިން ހާއްސަކޮށް އެއްވެސް ލީޑަރެއް މި ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު އެދިވަޑައިގަންނަވަނީ ގައުމުގެ ހައްގުގައި ހުރިހާ ރައްޔިތުންވެސް ސާބިތުވެ ތިބުމަށް ކަމަށާއި އަދި ގައުމީ ވަންތަކަމާއި މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދިނުމަށް ރައީސް ޔާމީން ރައްޔިތުންގެ ކިބައިން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ވަނީ މިހާރު އިތުރު ދެ ދައުވާއެއް އުފުލާފައެވެ. އެ ދައުވާގެ ފުރަތަމަ އަޑުއެހުން ކްރިމިނަލް ކޯޓުގައި ބާއްވާފައިވެއެވެ. ރައީސް ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓުއަރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓުއަރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން
މި މައްސަލައާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދަޢުވާ އާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ އެވެ.
މީގެއިތުރުން ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމާއި ގުޅޭ ގޮތުން ރައީސް ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް މިހާރު ނިމިފައިވާއިރު ދެން އޮތީ މި މައްސަލައިގެ ހުކުމް އިއްވުމެވެ.
ގައުމީ ވަންތަކަމާއި މިނިވަން ކަމަށް ބުރޫ އަރާނެ އެއްވެސް ފުރުސަތެއް ނުދެއްވާތި: ރައީސް ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ