މި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރާނަން: ގާސިމް

މި ސަރުކާރު ދެމެހެއްޓުމަށް ޓަކައި ކުރަަން ޖެހޭ މަސައްކަތްތައް ކުރާނެ ކަަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޕީޕީއެމް އަށް ތާއިދުކުރާ ފޭސްބުކު ޕޭޖް 'އަސްރުމާ' އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ރިޔާސީ ލޯންޗުގައި އެއްޗެއް ގޮވުމުގެ ހާދިސާއަށް އިޝާރަތްކުރައްވައި ގާސިމް ވިދާޅުވީ ގައުމެއްގެ ވެރިޔަކަށް ހުންނެވި ބޭފުޅަކަށް މިފަދަ ހަމަލާއެއް ދިނުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގާސިމްގެ ހިތްޕުޅުގައި ވަރަށް އިޚްލާސްތެރި ޝުއޫރުތަކެއް ރައީސް ޔާމީނާ ދޭތެރެ އާއި ސަރުކާރާ މެދުގައި އުފެދިފައި އެބައޮތް ކަމަށް އެ މަނިކުފާނު ދެއްވި ކުރު އިންޓަވިއުއެއްގައި ވިދާޅުވި އެވެ. މި ސަރުކާރަކީ އެމަނިކުފާނުގެ ވެސް ތާއިދުކޮށްގެން ގެނެއި ސަރުކާރެއް ކަމަށާއި އެހެންކަމުން ސަރުކާރު 'ނިކަމެތިވެގެންދާކަށް' ބޭނުމެއް ނުވާ ކަމަށް ވިދާޅުވި އެވެ. "އަޅުގަނޑަށް ވެވުނު އިޚްލާސްތެރި މަސައްކަތެއް ސަރުކާރު ހިމާޔަތްކޮށްދީ ގާނޫނީ ގޮތުން ކުރަން ޖެހޭ ކޮންމެކަމެއް ކުރުމަށް މިހިރީ ތައްޔާރަށް،" ގާސިމް ވިދާޅުވި އެވެ. ރިޔާސީ ލޯންޗުގެ ހާދިސާ އަށް ފަހު ހީނަރުވެފައިވާ ކޯލިޝަންގެ ގުޅުން ވަނީ ބަދަހިވާން ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ