ކޮވިޑުން ރަނގަޅުވެ ރައީސް މައުމޫނު ގެއަށް ދޫކޮށްލައިފި

ކޮވިޑު19 އިން ފަސޭހަފުޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ގެޔަށް ދޫކޮށްލައިފިއެވެ.
ރައީސް މައުމޫނަށް ކޮވިޑު ޖެހިވަޑައިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
ރައީސް މަައުމޫނު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ﷲގެ ހެޔޮރަހުމަތްފުޅުން ކޮވިޑް ބަލިން ޝިފާ ލިބި ހެޔޮހާލުގައި ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ، ހުމުގެ އާލާސްކަންފުޅެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް ވަޑައިގެން ހެއްދެވި ޓެސްޓުންނެވެ. އޭރު ވެސް އަދި ފަހުން ވެސް އެމަނިކުފާނުގެ ހަށިކޮޅުގައި ބަލީގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށް އާއިލާ އިން ވަނީ ބުނެފަ އެވެ. އެމަނިކުފާނު އެޑްމިޓް ކޮށްފައި އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ