ފަށުވި ފޭރާމަކީ ހަމައެކަނި އަންހެން ކަނބަލުންނަށް ޚާއްޞަވެގެންވާ އެއްޗެކެވެ.
عن «علي بن أبي طالب» رضي الله عنه قال "إن نبي الله صلى الله عليه وسلم أخذ حريراً فجعله في يمينه وأخذ ذهباً فجعله في شماله ثم قال: إنَّ هذين حرام على ذكور أمتي"، رواه «أبو داود»
މާނައަކީ: "މާތް ﷲ ރުއްސުންލެއްވި ޢަލީ ބިން އަބީޠާލިބް ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން ﷲ ގެ ނަބިއްޔާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ކަނާ އަތްޕުޅުގައި ފަށުވި، ވާއަތްޕުޅުގައި ރަން ހިއްޕެވުމަށްފަހު ޙަދީޘް ކުރެއްވިއެވެ. "ހަމަކަށަވަރުން މިދޭއްޗަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ފިރިހެނުންގެ މައްޗަށް ޙަރާމް އެއްޗެކެވެ".
އަދިވެސް އެހެން ޙަދީޘެއްގައިވެއެވެ.
"من لبس الحرير في الدنيا لم يلبسه في الآخرة" رواه «مسلم» މާނައަކީ: "މިދުނިޔެމަތީގައި ފަށުވި ހެދުން ލައިފިމީހާކަށް އާޚިރަތްދުވަހުން ފަށުވި ހެދުން ނުލެވޭ ހުއްޓެވެ".
ފިރިހެނުން ފަށުވި ފޭރާން ލުން ހުއްދަވާ ޙާލަތްތަކެއްވެއެވެ. އެއީ:
· ގައިކެހުން ފަދަ ފަރުވާ އަކަށް:
لحديث «أنس» رضي الله عنه أن النبي صلى الله عليه وسلم رخص ل«عبد الرحمن بن عوف» و«الزبير» في قميصٍ من حرير من حكةٍ كانت بهما، رواه «البخاري» و«مسلم».
މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކުގެ ކިބައިން ރިވާވެގެންވެއެވެ. ޢަބްދުއްރަޙްމާން ބިން ޢައުފު އާއި ޒުބައިރު ބިން ޢަވާމް- ގެ ހަށިކޮޅުގައި ކެހުމުގެ އަޘަރު ހުރުމުގެ ސަބަބުން ފަށުވި ގަމީހެއް ތުރުކުރުމުގެ ހުއްދަ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވެވިއެވެ".
· ހަނގުރާމައިގެ ޙާލަތްތަކުގައި ފަށުވި ހެދުން ލެވިދާނެއެވެ.
· ފަށުވި ފޭރާން ފިޔަވާ އެހެން ހެދުމެއް ނެތުން.
· ހެދުމުގައި ފަށުވި ހުރީ ހަތަރު އިނގިލީގެ މިންވަރަށް ނުވަތަ އެއަށްވުރެ މަދުން ކަމަށްވުން
حديث «عمر بن الخطاب» قال "نهى نبي الله صلى الله عليه وسلم عن لبس الحرير إلا موضع إصبعين أو ثلاثٍ أو أربعٍ"، رواه «البخاري» و«مسلم».
ޢުމަރު ބިން އަލްޚައްޠާބު-ރަޟިޔަﷲ ޢަންހު- ރިވާ ކުރެއްވިއެވެ. ދެއިނގިލި ނުވަތަ ތިން އިނގިލި ނުވަތަ ހަތަރު އިނގިލީގެ މިންވަރަށް މެނުވީ ފަށުވި ފޭރާން ލުން ކީރިތި ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މަނާ ކުރެއްވިއެވެ". والله أعلم.
އިތުރު 2 ސުވާލާ ޖަވާބު:
ގޭތެރޭގައި، ހަމައެކަނި ފިރިމީހާގެ ކުރިމަތީގައި އައުރަ ނިވާނުވާ ކުރުހެދުންލެވިދާނެތޯ؟
ފިރިމީހާގެ ކުރިމަތީގައި އެމީހަކު ބޭނުން ވައްތަރެއްގެ ހެދުމެއް ލައިގެން އުޅެވިދާނެއެވެ. واللهأعلم.
ވަރިކުރުމުގެ ނިޔަތް ނެތި ފިރިމީހާގެ ރައްޓެހިންނަށް އޮޅުވާލުމުގެގޮތުން އެއީ މަގޭ އަންހެނުންނެއް ނޫނޭ ބުނެފިއްޔާ ވަރިވާނެތޯ؟
ވަރި އަކީ ސަމާސާ ކުރެވޭ އެއްޗެއް ނޫނެވެ. ސަމާސަ އަކަށް ނަމަވެސް، މަޖަލަކަށްނަމަވެސް، ތިމަންނާގެ އަންބެއް ނޫނޭ ޞަރީޙަ ބަހުން ބުނެފިނަމަ ވަރިވާނެއެވެ. ޞަރީޙަ ބަހުން ބުނުމުން ފިރިމީހާގެ ނިޔަތަށް ބަލާކަށް ނުޖެހެއެވެ. ނިޔަތަށް ބަލަން ޖެހެނީ ޞަރީޙަ ޢިބާރާތުން ނޫން ގޮތަކަށް ބުނުމުންނެވެ. واللهأعلم
- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ފިރިހެނުންނަށް ފަށުވި ފޭރާން ހުއްދަވާ ޙާލަތުތައް-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ