މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެއެވެ.
ކަރަންޓް ކެނޑިފައިވަނީ، މިއަދު މެންދުރު 14:45 ހާއިރުން ފެށިގެންނެވެ.
ސްޓެލްކޯގެ ސީނިއާ އިންޖީނިއާ އިބްރާހިމް ރައޫފު ވިދާޅުވީ، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔައީ އިންޖީނަކަށް ދިމާވި މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި އެކަން ހައްލުކޮށް ކަރަންޓް ދިނުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި، ވަރަށް އަވަހަށް ކަރަންޓް ލިބޭނެ ކަމަށް ރައޫފު ވިދާޅުވިއެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ދިޔުމާ ގުޅިގެން، މޮބައިލް އިންޓަނެޓްގެ ހިދުމަތަކަށް ވެސް ވަނީ ބުރޫ އަރާފައެވެ.
މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ