ޕީޕީއެމްގެ ތްރީ ލައިން ވިޕާ ޚިލާފަށް ވޯޓްދެއްވި ހުރިހާ މެންބަރުންނަށް ފިޔަވަޅު ނާޅައި ހަމައެކަނި ފާރިސް އަށް ފިޔަވަޅު އެޅުމަކީ އިންސާފެއް ނޫންކަމަށް ޕީޕީއެމްގެ ރައީސް އަދި ފާރިސް މައުމޫނުގެ ބައްޕާފުޅު މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނަށް އެޑްރެސް ކުރައްވައި ޕީޕީއެމް ޕަލިމެންޓްރީ ގްރޫޕުން ފޮނުއްވި ސިޓީގެ ޖަވާބުގައި މައުމޫނު ވިދާޅުވީ ޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފަށް މީގެ ކުރިން ވޯޓު ދެއްވާފައިވާ މެމްބަރުންނާމެފު ފިޔަވަޅު ނާޅުއްވައި، ހަމައެކަނި ވަކި މެމްބަރަކާމެފު ފިޔަވަޅު އަޅަން އުޅަން ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަކީ "އިންސާފުގެ ހަމަތަކާ ހިލާފަށް" ކުރައްވާފައިވާ ކަމެއް ކަމަށެވެ.
ރައީސް މައުމޫނުގެ ސިޓީފުޅުގައި އިތުރަށް ވިދާޅުވެފައިވަނީ މީގެ ކުރިން ތުރީލައިން ވިޕާ ހިލާފުވެގެން މެމްބަރުންނާމެދު ފިޔަވަޅު ނާޅުއްވައި ޕާލަމެންޓްރީ ގްރޫޕުގެ ވަކި މެމްބަރަކު ތުރީލައިން ވިޕާ ހިލާފުވީމާ ފިޔަވަޅު އަޅުއްވަން ސުލޫކީ ކޮމެޓިއަށް ފޮނުވުމަކީ އިންސާފުގެ ހަމަތަކާ އުސޫލުތަކާއި ހިލާފަށް ކުރައްވާފައިވާ ކަމެއްކަމުގައި އެމަނިކުފާނު ދެކިލައްވާ ކަމަށާއި، ދިއްގަރު ދާއިރާގެ މެންބަރު، ފާރިސް އަމަލު ކުރައްވާފައިވަނީ ޕާރޓީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސްގެ އެންގެވި ގޮތަށް ކަމަށްވާތީ އެއީ މައްސަލައެއް ނޫން ކަމަށެވެ.
ރައީސް މައުމޫން އަށް ފޮނުއްވި ސިޓީގައި ނިހާން ވިދާޅުވެފައި ވަނީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ހިންގާ ގަވާއިދާ ފާރިސް ހިލާފުވެފައި ވާތީ، ޕީޕީއެމްގެެ ޕާލަމެންޓްރީ ގްރޫޕުން އޭނާ ވަކިކުރުމަށް ސުލޫކީ ކޮމެޓީއަށް ހުށަހެޅުމަށް އެ ގްރޫޕުގެ މެމްބަރުން ނިންމެވި ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު މަޖިލީހުގައި ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 30 މެމްބަރުންގެ އިއްތިފާގުން އެގޮތަށް ފާސްކޮށްައިވާ ކަމަށް އެ ސިޓީގައި ވެއެވެ. ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގައި ހިމެނެނީ 43 މެމްބަރުންނެވެ.
މިކަމަށް ރައްދު ދެއްވާ ރައީސް މައުމޫނު ވިދާޅުވެފައިވަނީ "އެ ސިޓިގައި ޕާލިމެންޓްރީ ގްރޫޕުގެ ޤަވައިދަށް އިޝާރާތް ކުރައްވާފައިވާއިރު، ޕާޓީގެ ޤައުމީ ޖަލްސާއިންވެސް އަދި ކައުންސިލުންވެސް ފާސްކޮށްފައިވާ އެފަދަ ޤަވައިދެއްނެތް" ކަމަށެވެ.
އިއުލާން ނުކޮށް ރަށްތައް ދޫކުރުމަށް ޓޫރިޒަމް ގާނޫނަށް ގެންނަ އިސްލާހަށް ވޯޓު ދިނުމަށް، ޕީޕީއެމްއިން ތްރީލަން ވިޕެއް ނެރެފައިވަނިކޮށް އެ ނިންމުމާ ދެކޮޅަށް، ފާރިސް ވޯޓްދެއްވާފައިވާއިރު، ސަރުކާރު ފަރާތުން ހުށަހެޅި މި ބިލް ފާސްކުރަން 45 މެންބަރުން ވޯޓު ދެއްވި އިރު ބިލު ބަލައިގަންނަން ނުފެންނަ ކަމަށް 19 މެންބަރުން ވޯޓުދެއްވި އެވެ.
ފާރިސް އަށް ފިޔަވަޅު އަޅަން އުޅޭތީ އެކަމާއި ދެކޮޅަށް މައުމޫން ނިކުމެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ