ޕެރެގުއޭގެ އިދިކޮޅު ރިއާސީ ކެންޑިޑޭޓް ލިނޯ އޮވީޑޯ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓި އޭނާ އަވަހާރަވެއްޖެއެވެ.
ލިނޯ އޮވީޑޯ ދަތުރު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓިފައިވަނީ ރެލީއެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވެރިރަށަށް ވަޑައިގަތުމުގެ މަގުމަތީގައި ކަމަށް އޮފިޝަލުން ބުނެއެވެ.
އޮފިޝަލުން ވިދާޅުވީ ކެމްޕޭން ދަތުރެއްގައި އުޅުއްވަނިކޮށް އޮވީޑޯގެ ހެލިކޮޕްޓަރު ވެއްޓިފައިވަނީ މޫސުމް ގޯސްވުމުގެ ސަބަބުން ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިހާދިސާގައި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި، އޮވީޑޯގެ ބޮޑީގާޑުވެސް ވަނީ މަރުވެފައެވެ.
މި ހާދިސާގައި އޮވީޑޯ އަވަހާރަވުމާއި ގުޅިގެން ޕެރެގުއޭގެ ރައީސް ފްރެޑަރީކޯ ފްރޭންކޯ ވަނީ ގައުމީ ހިތާމައިގެ ތިން ދުވަސް އިއުލާނު ކުރައްވާ ބައި ދަނޑިއަށް ދިދަ ތިރިކުރެއްވުމަށް އަންގަވާފައެވެ. އަދި މިމައްސަލަ ތަހުގީގު ކުރައްވާނެ ކަމަށްވެސް ފްރެޑަރީކޯ ވަނީ ވިދާޅުވެފައެވެ.
އުމުރުން 69 އަހަރުގެ އޮވީޑޯ އަކީ އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިއާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުގެ ތެރެއިން ވާހަކަ ދެއްކުމުގައި ވަރަށް ކުޅަދާނަ ކަމަށް ބުނާ ކުރީގެ ޖެނެރަލެކެވެ.
ސިޔާސީ މައިދާނަށް 1989 ވަނަ އަހަރު ނިކުމެވަޑައިގަތް ލިނޯ އޮވީޑޯއަކީ ހަމަ އެއަހަރު އިންޤިލާބަކުން އޭރު ހުންނެވި ހުދުމުހުތާރު ރައީސް އަލްފްރޭޑޯ ސްޓްރޯސްނަރ ވެރިކަމުން ވައްޓަވާލެއްވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަތް އަސްކަރީ ލީޑަރެވެ.
ޕެރެގުއޭގެ ރިޔާސީ ކެންޑިޑޭޓަކު އަވަހާރަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ