ތުރުކީގައި ފާލަމެއް ވަގަށް ނަގައިފި

މި މަހުގެ 11 ވަނަ ދުވަހު ތުރުކީގެ ގުލްސޫކް އަވަށުގެ ރައްޔިތުން ހެނދުނު ހޭލީ މުޅިން އާދަޔާހިލާފު މަންޒަރަކާއި އެކު އެވެ. އެމީހުންނަށް ފެނުނީ އަވަށާއި އަވަށުގެ ދަނޑުތައް ގުޅުވައިދޭ 22 ޓަނުގެ ދަގަނޑު ފާލަން ވަގަށް ގެންގޮސްފައި ވަނިކޮށެވެ.
ތުރުކީގެ ޓްޑޭޒް ޒަމާން ނޫހުގައި ބުނާ ގޮތުގައި ވަގުން ގެންގޮސްފައި ވަނީ އެމީހުން ދަނޑަށް ދިއުމަށްޓަކާ ވާދީއެއްގެ ގޮތަށް ކެނޑިފައިވާ އުސް ދެކުންނެއް ގުޅުވައިލަން އަޅާފައިވާ ދަގަނޑު ފާލަމެކެވެ. އެމީހުން މި މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ ފަތިހު ދަނޑަށްދާން ވެގެން މަގު ހުރަސްކުރަން ބެލި އިރު ފާލަން ނެތުމުންނެވެ.
އަވަށުގެ ފުލުހުން ބުނި ގޮތުގައި 22 ފޫޓުގެ ދިގު އެކަތައިގެ ފާލަން ގެއްލިފައިވަނީ ރޭގަނޑު އެވެ. އަދި އަވަށުގެ މީހުން ބުނާ ގޮތުގައި ފާލަން ވަގަށް ނެގުމުން އެމީހުންނަށް މިހާރު ޖެހިފައި ވަނީ އުސް ފަސްގަނޑުން ތިރިއަށް ފައިބައި ވާދީ ހުރަސްކޮށް އަނެއް އުސްފަސްގަނޑަށް އަރާށެވެ.
ވަގަށް ނެގި ފާލަމަކީ ބާދަގަނޑުގެ ގޮތުގައި ވިއްކައިގެން 12،000 ޑޮލަރުގެ އަގެއް ލިބޭ ވަރުގެ ފާލަމެކެވެ. ދަގަނޑު ހުރި ފާލަމެކެވެ. މިއީ މިގޮތަށް ވަގަށް ނެގި ފުރަތަމަ ފާލަމެއް ނޫނެވެ. މިދިއަ އަހަރު ޗެކް ރިޕަބްލިކްގެ ފާލަމެއް ވަގުން ވަނީ ގެންގޮސްފަ އެވެ. ސޭލާ ބޭނުން ކޮށްގެން ވަގަށް ނަގާފައި ވަނީ 10 ޓަނުގެ ބަރުދަނުގެ ފާލަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ