ރިޔާސީ އިންތިޚާބުގެ ގަވާއިދަށް އިސްލާހު ގެނައުމަށްޓަކައި ޕާޓީތަކަށާއި އާންމުން އެ ގަވައިދަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިޚާބުގެ ގަވާއިދަށް އިސްލާހު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ހިޔާލު ހުށަހަޅަން މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށާއި ސިޓީއާ ފެކްހާއި އީމެއިލް މެދުވެރިކޮށް ވެސް އިސްލާހު ހުށަހެޅޭނެ ކަމަށާއި އެ ގަވާއިދަށް އާންމުންގެ ޚިޔާލު ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައިގެ މެގަ މަޝްރޫއެއް މިއަހަރުގެ ތެރޭގައިފަށާނެކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ޗެއާމަން އަހުމަދު ޝަރީފް ވީނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި މަޝްރޫއު ކުރިއަށްދާނީ މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓް ދޭ 28 ރަށަކާއި ގުޅިގެން ކަމަށެވެ.
އޭނާ ވިދާޅުވީ ފުރަތަމަ މި މަސައްކަތް ކުރާނީ މާލޭގެ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން އެގެއެއްގެ ކަރަންޓް ބިލުން ވަކިވަރެއް އުނިވާ ގޮތައްކަމަށާއި އޭގެ އިތުރުން މާލެ އާއި އެނބޫދޫ ފިނޮޅާ ދެމެދު ފްލޯޓިން ސޯލާ ޕެނަލްތަކެއް ގާއިމްކުރުމަށް ރާވާފައިވާ ކަމަށެވެ.
"ފުރަތަމަ ސޯލާ ޕެނަލްސް ހަރުކުރުމަށް މާލޭގެ ގެތަކުގައި މި ވިސްނަނީ ފްލޯޓިން ސޯލާ ޕެނަލްތައް ގާއިމުކުރުމަށް ޑަބަލް އަގު އަރާނެތީ،" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ މިމަސައްކަތައް 300 ހެކްޓަރުގެ ބިން ބޭނުންވާ ކަމަށާއި ނަމަވެސް މާލޭގައި ބިމުގެ ޖާގައިގެ ދަތިކަން ހުރުމުން ފްލޯޓިން ސޯލާ ޕެނަލްތައް ގާއިމު ކުރާނީ ކަނޑުގައި ކަމަށެވެ. އަދި އެފަދަ ޕެނަލްތަކެއް ގާއިމު ކުރި ކަމުގައި ވީ ނަމަވެސް ދަތުރުފަތުރު ކުރުމަށް އެއްވެސް ހުރަހެއް ނޭޅޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ކަނޑު ގަދަވެ ކަމެއް ދިމާވިއަސް މި ޕެނަލްތައް ހަދާފައި ހުންނާނީ ލޮނުގެ އަސަރު ނުކުރާނެ ގޮތަށް،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ މި ޕްރޮޖެކްޓްގައި ހިމެނޭ ހުރިހާ ސޯލާ ގްރިޑްތަކަކާއި ސްޓެލްކޯގެ މައި އިންޖީނުތަކާ ގުޅާލާނެ ކަމަށާއި އޭރުން މިހާރު ސްޓެލްކޯއިން ބޭނުން ކުރަމުންދާ ސިސްޓަމް އަޕްގްރޭޑްވެގެން ދާނެ ކަމަށެވެ.
އެފަދަ މަޝްރޫއުތަކެއް ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ހިންގިދާނެ ކަމަށް ބޭރުގެ ފަރާތްތަކުން ލަފާދީފައިވާ ކަމަމަށާއި އެގޮތުން އެކަމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ގަވާއިދަށް ހިޔާލު ހުށަހަޅަން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ