އިންޑިއާގެ ޖީއެމްއާރު ކޮންސޯޓިއަމުން ހިންގަމުންދަނިކޮށް އަތުލާފައިވާ އިބުރާހީމު ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓު ހިނގުމަށް ފުރުސަތު ހުޅުވާލި ނަމަވެސް އެއާރޕޯޓުގެ ހިނގުމައި ހަވާލުވުމުގެ ކުރިން ސަމާލުވުމަށް އެއާރޕޯޓްސް ކައުންސިލު އިންޓަނޭޝަނަލްއިން އެޖަމިއްޔާގެ މެމްބަރުންނަށް ގޮވާލައިފިއެވެ.
179 ގައުމެއްގައި 1650 އެއާރޕޯޓު ހިންގަމުން ގެންދާ 580 މެމްބަރުން ހިމެނޭ ޖަމިއްޔާއިން އެގޮތަށް ގޮވާލާފައިވަނީ މިމަހުގެ އަށްވަނަ ދުވަހު މެމްބަރުންނަށް ފޮނުވާފައިވާ ސިޓީއެއްގައެވެ. އެސިޓީގައި ބުނެފައިވަނީ ޖީއެމްއާރު އަތުލާފައިވަނީ އެކުންފުންޏަށް ދޭން ޖެހޭ ބަދަލު ދިނުމަކާއި ނުލައި ކަމަށާއި އެމައްސަލައިގެ އާބިޓްރޭޝަން މިހާރު ކުރިއަށްދާ ކަމަށެވެ. އެމައްސަލަ ނިންމުމަށް އަހަރެއްހާ ދުވަސް ނަގާފާނެ ކަމަށާއި، އެއާރޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ގެރެންޓީ ދީގެން ނަގާފައިވާ ލޯނުތަކަށް ފައިސާ ދީފައި ނުވާތީ އެމައްސަލަތައް ވެސް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ކުރިއަށް އޮތް އިންތިހާބުގައި ސަރުކާރު ބަދަލުވެއްޖެ ނަމަ އެއާރޕޯޓު އަތުލި އަތުލުމަށް ބަދަލު އައުން ވެސް އެކަށިގެންވާ ކަމަށް އެސިޓީގައި ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ދަށުން އުފައްދާ ސަބްސިޑިއަރީ ކުންފުންޏަކުން އެއާރޕޯޓު ހިންގުމަށް ތައްޔާރުވަމުންދާ ކަމަށާއި އެއާރޕޯޓު ހިންގާނެ ފަރާތެއް ހޯދަން އިއުލާނު ކުރުން އެކަށިގެންވާ ކަމަށް ވެސް މިއިއުލާނުގައި ބުނެފައިވެއެވެ. އެހެން ކަމުން ހުރިހާ މެމްބަރުން ވެސް އެކަމާ މެދު ސަމާލުވުމަށް އެސިޓީގައި ގޮވާލާފައިވެއެވެ.
އެއާރޕޯޓާއި ހަވާލުވުމާއި މެދު ވިސްނުމަށް އޭސީއައިގެ މެމްބަރު ގައުމުތަކަށް ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ