ގައްދޫ ދާއިރާގެ ގޮނޑި ޕީޕީއެމްއަށް ކުޑަހުވަދޫ ދާއިރާގެ ގޮނޑި އަމިއްލަ ކެނޑިޑޭޓަކަށް

ގައްދޫ މިއަދު ބޭއްވި ގދ. އަތޮޅުގެ ގައްދޫ ދާއިރާގެ މެމްބަރަކު ހޮވުމަށް ބޭއްވި ބައި އިލެކްޝަން ޕީޕީއެމުގެ ކެންޑިޑޭޓް ގައްދޫ ޔެލޯ ސީ މުހައްމަދު އަބުދުއް ސަމަދު ކާމިޔާބުކޮށްފިއެވެ.
މިހާތަނަށް އިއުލާނުކުރި ނަތީޖާތަކުން ދައްކާގޮތުން އެ ގޮނޑި ސަމަދު ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓުގެ މައްޗަށް 58 ވޯޓް ކުރި ހޯދައިގެންނެވެ. ޕީޕީއެމުގެ ކެންޑިޑޭޓަށް 879 ވޯޓް ލިބުނު އިރު އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 821 ވޯޓެވެ.
މިއަދު ބޭއްވި ކުޑަހުވަދޫ ކައުންސިލުގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ މިނިވަން ކެންޑިޑޭޓް އެރަށު މާކޯނި ހުސައިން ޝާކިރު އެވެ. އޭނާ އާ ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓަށް 870 ވޯޓް ލިބުނު އިރު ގޮނޑި ކާމިޔާބު ކުރެއްވި ޝާކިރު ވަނީ 1087 ވޯޓް ހޯއްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ