ހުސެން ވަހީދުގެ ރިޓަޔަމަންޓް ޕެކޭޖާ މެދު ގޮތެއް ނިމޭނީ ތަހުގީގުތަކަށް ފަހު: އުމަރު
ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދުގެ ރިޓަޔަމެންޓް ޕެކޭޖާ މެދު ގޮތެއް ނިންމޭނީ މިހާރު ކުރިއަށް ދާ ތަހުގީގުތަކަށް ފަހު ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ބުރާސްފަތިދުވަހު ވިދާޅުވެއްޖެ އެވެ. ފުލުހުންގެ ހިދުމަތުގައި 23 އަހަރު ހޭދަކުރައްވާފައިވާ ހުސެން ވަނީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު ފުލުހުންގެ މަގާމުން ވަކިކޮށް، ސްޓޭޓް މިނިސްޓަރަކަށް ބަދަލުކުރައްވައިފަ އެވެ. އަދި އެ ބަދަލާ އެކު އޭނާ ވަނީ ރިޓަޔަމަންޓް ޕެކޭޖް ހޯއްދަވަން ހޯމް މިނިސްޓްރީ އަށް ހުށަހަޅުއްވައިފަ އެވެ. އުމަރު ވިދާޅުވީ އެކަމާ މެދު ގޮތެއް ނިމޭނީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ އާއި ފަހުން ފެނުނު ހަތިޔާރުތަކާ ބެހޭ ތަހުގީގުތައް ނިމި، ފުލުހުންގެ އޭރުގެ ވެރިން "މުޅިން ކްލިއާ ވީމާ" ކަމަށެވެ. "ފުލުހުންގެ މުއައްސަސާ އަށް އެވަރުގެ ބޮޑު ލޮޅުމެއް އެރިއިރު އޭގައި އިސްކޮށް ތިބި ބައެއް މީހުންގެ އިހުމާލް އޮތްތޯ ބަލާނެ. އެމީހުންގެ ފަރުވާކުޑަކަމެއް ނެތްކަން ޔަގީންވާން ޖެހޭނެ،" އުމަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން އެ ނުދޭކަށް ވެސް އަދި ދޭކަށް ވެސް ނުނިންމަން." ހުސެން ވަހީދުގެ ފުލުހުންގެ ހިދުމަތް 1992: ސިފައިންގެ ތެރެއަށް ވެންނެވިމާޗު 4، 2012: ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ދެއްވި ނޮވެމްބަރު 19، 2013: ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ލިބިވަޑައިގެންނެވިއޮކްޓޯބަރު 23، 2015: ކޮމިޝަނަރުކަމުގެ މަގާމުން ވަކިކުރެއްވިިއެކަމަކު އޭނާ ވިދާޅުވީ އޭގެ މާނަ އަކީ ހުސެން ވަހީދާއި ފުލުހުންގެ މަގާމުން ބަދަލުކޮށްފައިވާ އެހެން ބޭފުޅުންނާ މެދު ވަކި ކަމަކަށް ތުހުމަތުކުރުން ނޫން ކަމަށެވެ. ރައީސްގެ ލޯންޗް "ފިނިފެންމާ" ގައި އެއްޗެއް ގޮވާތަން ފެންނަ ވީޑިއޯ އިން ކެޕްޗާކޮށްފައިވާ މަންޒަރެއް: މި ހަމަލާ އަށް ފަހު ރައީސް ވިދާޅުވެފައި ވަނީ ނައިބު ރައީސްގެ ނުފޫޒު ފުލުހުންގެ މައްޗަށް ވަރަށް ބޮޑަށް އޮތް ކަމަށް ހުސެންގެ އިތުރުން އޭރުގެ ޑެޕިއުޓީ ކޮމިޝަނަރުން ކަމަށްވާ މުހައްމަދު ސޯދިގާއި ހަސަން ހަބީބް ވެސް ވަނީ ފުލުހުންގެ މަގާމުން ވަކިކޮށް ސިޔާސީ މަގާމުތަކަކަށް ބަދަލުކުރައްވައިފަ އެވެ. ރިޓަޔަމެންޓް ޕެކޭޖް ދޭން ސަރުކާރުން ނިންމައިފި ނަމަ ހުސެން ވަހީދަށް އެއްފަހަރާ ގާތްގަނޑަކަށް 900،000ރ އަދި މަހަކު 20،000ރ ލިބިވަޑައިގަންނަވާނެ އެވެ. ޕޮލިސް ކޮމިޝަނަރުކަމުން ހުސެން އާއި އޭނާގެ ދަށަށް ތިއްބެވި އަނެއް ދެ ބޭފުޅުން ބަދަލުކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކޮށް ހިންގަން ފެށި ތަހުގީގުގެ ތެރޭގަ އެވެ. ރައީސް އޭރު ވިދާޅުވެފައި ވަނީ ފުލުހުންގެ އިސް ބައެއް ވެރިން ނައިބު ރައީސްގެ ނުފޫޒުގެ ތެރޭގައި ތިއްބެވި ކަމަށެވެ. "ފިނިފެންމާ" ލޯންޗުގެ ތަހުގީގާއި ހިބަޅިދޫން ގިނަ އަދަދެއްގެ ހަތިޔާރު ފެނުނު މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ