މީހެއްގެ ޗެކެއް ވަގަށް ނަގައިގެން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް

މީހެއްގެ ޗެކެއް ވަގަށް ނަގައި އެ ޗެކު ބޭނުންކޮށްގެން ފައިސާ ނެގި މީހަކު ދެ އަހަރަށް ޖަލަށް ލުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފި އެވެ.
ޖަލަށް ލާން ޙުކުމް ކޮށްފައިވަނީ ފުވައްމުލައް ބިއްދަރިގޭ، އިބްރާހީމް އަޙްމަދު 31، ގެ މައްޗަށެވެ.
މި އޭޕްރީލް މަހު 11 ވަނަ ދުވަހު އިބްރާހީމް އަޙްމަދުގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ސެޕްޓެމްބަރު 29، 2011 ގައި ފުވައްމުލައް ޕޯސްޓް އޮފީސް ބަންދު ކުރުމާ، އޮކްޓޫބަރު 2، 2011 ޕޯސްޓް އޮފީސް ހުޅުވުމާ ދެމެދުގެ ވަގުތެއްގައި ޕޯސްޓް އޮފީސް ފަޅާލައި ޕޯސްޓް އޮފީސް ތެރެއަށް ވަދެ އެތަނުގައި މަސައްކަތްކުރާ މުވައްޒަފެއްގެ ޗެކް ފޮތަކުން ޗެކެއް ވަގަށް ނަގައިގެން އެޗެކަށް ފައިސާ ނެގި މައްސަލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ