ތިން ގައުމަކަށް ފޮނުވާ ސަފީރުންނަށް ރުހުންދީފި

މިސަރުކާރުން ގައުމުތަކުގެ ސަފީރުކަމަށް އައްޔަން ކުރަން ފޮނުވި ނަންތަކުގެ ތެރެއިން ޗައިނާގެ ސަފީރަކަށް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު، ޑރ. ފަޒީލް ނަޖީބާއި އިތުރު ދެ ގައުމެއްގެ ސަފީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ރުހުން ދީފައިވަނީ ޗައިނާ ސަފީރުގެ އިތުރުން، ބަންގްލަދޭޝް އަދި ސައުދީ ސަފީރަށެވެ.
ރުހުން ދިން ސަފީރުން:
ވަކިވަކިން ރައީސް ފޮނުވި މި ބޭފުޅުންނަށް ރުހުން ދޭން މަޖިލީހުގެ މެޖޯރިޓީން ވަނީ ވޯޓު ދީފައެވެ. އެގޮތުން މަޖިލީހުގައި 36 މެމްބަރުން ހާޒިރުވެ ތިބިއިރު، އެތަނުން 35 މެމްބަރުން ވަނީ ފަޒީލް އާއި ޝިއުނީންއަށް ރުހުން ދީފައެވެ. ތާހާއަށް ރުހުންދީފައިވަނީ 33 މެމްބަރެކެވެ. މި ބޭފުޅުންނަށް ރުހުން ނުދޭން އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މީގެ ކުރިން ރުހުން ދިން ސަފީރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ