ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޖުމްހޫރީ ޕާޓީއަށް!

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައިވާކަމަށް ދެކެވޭ ވާހަކަތައް ފަހަކަށްއައިސްވަނީ އިތުރުވެފައެވެ.
ހާއްސަކޮށް މިދެދުވަހަކު ސޯޝަލް މީޑިއާއާއި ތަފާތު ފޯރަމްތަކުގައި މިވާހަކަތައް މިވަނީ އިތުރުވެފައެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިލްހާމްވެސް އަދި ޖުމްހޫރީ ޕާޓީންވެސް ސާފުކޮށް އެއްވެސް ބަހެއް ބުނެފައެއްނުވެއެވެ.
އިލްހާމް ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިކަމުގެ އަޑުތައް ފެތުރެން ފަށާފައިވަނީ ޕީޕީއެމްއިން ވަކިކޮށްދިނުމަށްއެދި އިލްހާމް އެޕާޓީއަށް ސިޓީއެއް ފޮނުވިކަމަށް ވާހަކަތައް ފެތުރިފައިވަނިކޮށެވެ.
އިލްހާމް ޕީޕީއެމްއިން ވަކިވެވަޑައިގެންނެވި ކަންވެސް ނުވަތަ ޖުމްހޫރީ ޕާޓީއަށް ސޮއިކުރެއްވިކަންވެސް އަދި އިތުބާރުހުރިގޮތަކަށް ސާފުވާގޮތެއް ނުވެއެވެ. ނަމަވެސް ޕީޕީއެމްގެ ހަރަކާތްތަކާއި ޕީޕީއެމް ތަމްސީލުކުރުމުގެ ގޮތުން އިލްހާމް މީޑިއާގައި ކުރިން ހަރަކާތްތެރިވަމުން ދިޔަގޮތަށް މިހާރު ހަރަކާތްތެރިވަމުން ނުދާކަން ފަހަކަށް އައިސްވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ