ދިވެހިރާއްޖޭގެ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާކުރެވޭ ނިޒާމް އާސަންދައިގެ ހިދްމަތް ހޯދާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުން ނިންމާފައިވަތީ، ރައްޔިތުންގެ އަތުން ފީ ނެގުން ހުއްޓާލުމަށް ގޮވާލާ ބ.ތުޅާދޫ ކައުންސިލުން ނޫސް ބަޔާނެއް ނެރެފިއެވެ.
އޯގަސްޓް މަހުގެ ހަތްވަނަ ދުވަހު ތުޅާދޫ ކައުންސިލްގެ ހަތަރު މެމްބަރުން ސޮއިކޮށް ނެރެފައިވާ ނޫސްބަޔާނުގައި އިތުރަށްވަނީ އެމްޑީޕީ ސަރުކާރުން ވަނީ 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އާސަންދައަށްދާ ހަރަދު ހިމަނައި އަދި ރައްޔިތުންގެ މަޖިލީހުންވެސް ބަޖެޓް ފާސްކޮށްފައިކަމަށާއި ވީމާ ރައްޔިތުން އަތުން ފައިސާ ނެގުމަކީ ތުޅާދޫ ރައްޔިތުންނާއި، ކައުންސިލުން އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ.
އެންޑީޕީ ސަރުކާރުން ތުޅާދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާ، ލާމަރުކަޒީ ގާނޫނުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަށް ގާނޫނާއި ހިލާފަށް ހަނިކޮށް ކައުންސިލްތައް ހިންގުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓްތަކުން މިސަރުކާރަށް ފެންނަ ވަރަކަށް އުނިކުރުމަކީ ކައުންސިލްތަކުން ދެމުންއައި ހިދްމަތްތަކާއި، ކައުންސިލްތަކުގެ ހިންގުން ހުއްޓާލުމަށް ކުރައްވާ ކަމެއްކަމުގައި ތުޅާދޫ ކައުންސިލުން ދެކޭކަމަށްވެސް މިނޫސްބަޔާނުގައި ވެއެވެ.
ބައިނަލްއަގުވާމީ އެކިއެކި ފަރާތްތަކުން މިސަރުކާރަށް ގޮވާލާ ގޮވާލުންތަކަށް އިޖާބަ ދެއްވާ އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އަކުންސިލްތަކުގެ މެމްބަރުންނަށް އަދި ދިވެހި ރައްޔިތުންނަށް ދިވެހި ފުލުހުންނާއި ސިފައިން ކުރަމުންގެންދާ ރަހުމްކުޑަ ލާއިންސާނީ އަނިޔާތައް ވަގުތުން ހުއްޓާލާ، ރައީސް ނަޝީދުގެ ސަރުކާރުން ވެފައިވާ ފަސް ވައުދު ފުއްދުމަށް ރައީސް ނަޝީދުގެ ސަރުކާރުން ކުރަމުންދިއަ މަސައްކަތްތައް ފުރިހަމަ ކުރަމުން ދިއުމަށްވެސް މިސަރުކާރަށް ގޮވާލާ ކަމަށް ތުޅާދޫ ކައުންސިލްގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.
ރައްޔިތުން އަތުން ފައިސާ ނެގުން ހުއްޓާލުމަށް ތުޅާދޫ ކައުންސިލުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ