ރަޖިސްޓްރީ ނުކޮށް އަނބުރާ ފޮނުވާލާފައިވާ ފޯމްތައް އަލުން ބަލައިގަތުމުގެ ވަގުތު މިއަދު ހަވީރު 4:00 އާ ހަމައަށް އިތުރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ނޮވެމްބަރު ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް ރަޖިސްޓްރީކޮށްފައިވާ ރަށް ނޫން ތަނެއްގައި ރަޖިސްޓްރީވާން އެދޭ ފޯމްތައް ބަލައިގަތުމުގެ މުއްދަތުގައި ސަބަބުތައް މެދުވެރިގެން ރަޖިސްޓްރީނުކޮށް ފޮނުވާލި ފޯމްތައް ރަޖިސްޓްރޭޝަނާބެހޭ މައި މަރުކަޒުންނާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ އިދާރާތަކާއި ވޯޓްފޮށި ބަހައްޓާ ގައުމުތަކުގައި ހުން ރާއްޖޭގެ ޑިޕޮލޮމެޓިކް އޮފީސްތަކާއި ކޮންސިއުލޭޓް އޮފީސްތަކުން މިއަދު ހަވީރާ ހަމައަށް ބަލައި ގަންނާނެ ކަމަށެވެ.
ކޮމިޝަނުން މި މުއްދަތު އިތުރު ކުރީ މިއަދު ހެނދުނު 9:00 އިން ފެށިގެން މިއަދު ހަވީރު 4:00 ޖެހުމާ ހަމައަށެވެ. ކޮމިޝަނުން ބުނީ އަނބުރާ ފޮނުވާލި ފޯމްތައް ފިޔަވައި އެހެން އެއްވެސް ފޯމެއް މިއަދު އިތުރު ކޮށްދިން ވަގުތުތަކުގައި ބަލައި ނުގަންނާނެ ކަމަށެވެ.
އަނބުރާ ފޮނުވާލި ފޯމްތައް މިއަދު ހަވީރު 4:00 ޖަހަންދެން ބަލައިގަންނާނެ: ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ