ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެ- މެޓް

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.ކުރިއަށް އޮތް ސައުވީސް ގަޑިއިރަށް މޫސުން ލަފާކުރާގޮތް މީޑިއާ އާއި ހިއްސާކުރަމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އުތުރުގެެ އަތޮޅުތުކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރިމިނު ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި އެހެންހިސާބުތަކަށް ހުުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާ ފަންސާސް އެއް މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް ތިރީސް މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓްއޮފީން ވަނީ ލަފާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ