ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަލީމް އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އޭނާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
އެ ސިޓީގައި ހަލީމް ވިދާޅުވެފައިވަނީ އެގޮތުން ރައީސް ސޯލިހުގެ ޖުޑިޝަލް ރިފޯމް އެޖެންޑާ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން އައްޔަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ގާޒީ ހަލީމް މަގާމުން އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ