އެމް.ޑީ.ޕޑީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – ބާރީ ފޯމް ހުށައަޅައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން އަބްދުލް ބާރީ ހުސައިން މިއަދު ފޯމު ހުށައަޅައިފިއެވެ.
ބާރީ ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައެޅީ މިއަދު ހެނދު 10:30 ހާއިރު އެވެ. ބާރީއަކީ އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 2 ވަނަ ކެނޑިޑޭޓެވެ.
Rayyithunge Majlis 2019 MDP Primary ge R.Ungoofaaru Dhaaira ah vaadha kurevvumah Abdul Baaree Hussain @MDPSecretariat ah Form husha’alhuvvaifi pic.twitter.com/MmxsHzx0aR
— MDP Secretariat (@MDPSecretariat) December 13, 2018
 
00 ޓެގްރައްޔިތުންގެ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ