މި މަހުގެ އެކަކުން ހަތަރަކަށް ސަމޮއާގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެ ދަތުރުފުޅާބެހޭ މައުލޫމާތު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ހިއްސާ ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ރައީސް މައުމޫންގެ ދަތުރުފުޅާ ބެހޭ މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ގައުމީ ބައެއް ކަންތައްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
ސަމޮއާއަށް ކުރެއްވި ދަތުރުފުޅަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް މައުމޫން ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކުގެ ތަރައްގީއަށް ދިމާވެފައިވާ މައްސަލަތަކަކީ މުޅި ދުނިޔެ ވެސް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރުމަށް ކުދި ޖަޒީރާތަކުގެ ކޮންފަރެންސްގައި ގައުމުތަކުން އެއްބަސްވެފައިވާ ކަމަށެވެ.
ރައީސް މައުމޫން ސަމޮއާއަށް ކުރެއްވި ދަތުރުފުޅާބެހޭ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ