ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އިންތިހާބުގައި ވާދަކުރަން ނިންމާފައިވާކަމުގެ މައުލޫމާތު ލިބިއްޖެއެވެ.
ޕީޕީއެމްގެ ކައުންސިލް މެމްބަރަކު "އައްޑޫލައިވް" އަށް މައުލޫމާތު ދެމުން ވިދާޅުވީ މިރޭގެ ވަގުތެއްގައި ގާސިމް އާއި ޔާމީން ބައްދަލުކުރައްވާފައިވާ ކަމަށާއި މަޖިލިސް އިންތިހާބުގައި ގުޅިގެން ވާދަކުރުމަށް ނިންމާފައިވާ ކަމަށެވެ.
ޕީޕީއެމް ކައުންސިލް މެމްބަރަކު މިހެން ވިދާޅުވެފައިވާއިރު، ގާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ މަޖިލީހުގެ ގޮނޑިތަކަށް ވާދަކުރުމަށް ޖުމްހޫރީ ޕާޓީއާ ވާހަކަދައްކަން ބޭނުންވާ ފަރާތްތަކާ ވާހަކަ ދެއްކުމަށް ޖޭޕީން ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީއަށް ވެރިކަން ލިބުމުން މިފަހަރުވެސް ޖޭޕީ މަގުމަތިކޮށްލާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވެފައިވެއެވެ.
އޭގެ ކުރިން ވެސް ގާސިމް އިތުރު ޓްވީޓެއް ކުރެއްވިއިރު، އެ ޓްވީޓްގައި އޭނާ ވިދާޅުވީ ޖޮއިންޓް ޕާލިމަންޓްރީ ގުރޫޕު އެމްޑީޕީން ރޫޅާލާނެ ކަމަށް ބުނުމުން ހައިރާން ނުވާ ކަމަށެވެ. އެއީ މިހާރު ވެސް އޮތް އެއްޗެއްތޯ ބުނެ ގާސިމް ވަނީ ސުވާލު ވެސް އުފައްދަވާފަ އެވެ.
"ސުވާލަކީ މިހާރު އެބަ އޮތްހޭ، އިތުރަށް ރޫޅާކަށް މަޖިލީހަށް ހުރިހާ ގޮނޑިއަކަށް ކުރިމަތިލުމަށް އެމްޑީޕީން ނިންމީމަ އެއްބަސްވުމާ ވައުދާ އަހުދާ ހިލާފުވީ، އެ ނިމުނީ ނޫންތޯ" ގާސިމް ވިދާޅުވިއެވެ.
އިތުރު ތަފްސީލް އަންނަނީ
ގާސިމް އާއި ޔާމީން ކޯލިޝަން ހަދައިގެން މަޖިލިސް އިންތިހާބަށް ނިކުންނަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ