އެމް.ޑީ.ޕީ އުނގޫފާރު ދާއިރާގެ ޕްރައިމަރީ – މުހައްމަދު އަނީލްގެ ފޯމް ހުށައަޅައިފި

އަންނަ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓް ދިނުމަށް އުނގޫފާރު ދާއިރާގައި ބާއްވާ ޕްރައިމަރީގައި ބައިވެރިވާން މުހައްމަދު އަނީލް ފޯމު ހުށައަޅައިފިއެވެ.
މުހައްމަދު އަނީލް ޕްރައިމަރީގައި ވާދަކުރުމަށް ބޭނުންވާ 200 މީހުންގެ ސޮޔާއެކު ފޯމުހުށައަޅާފައިވަނީ މިއަދު ހެނދުނު 10:30 ހާއިރުއެވެ. އަނީލްގެ ފަރާތުން ފޯމު ހުށައަޅަން ގޮސްފައިވަނީ މުހައްމަދު ސުޒީލްއެވެ.  މުހައްމަދު އަނީލް އަކީ އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށައެޅި 5 ވަނަ ކެނޑިޑޭޓެވެ.
ފޯމު ހުށައެޅުމުގެ ސުންގަޑި މިއަދު ހަވީރު 4 އަށް ހަމަވާނެއެވެ.
އުނގޫފާރު ދާއިރާގެ އެމް.ޑީ.ޕީގެ ޕްރައިމަރީގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވަނީ
1 މުހައްމަދު ވަހީދު (ވައްޑެ)
2- އަބްދުލް ބާރީ ހުސައިން
3- ހުސައިން ޝިހާމް
4- އިބްރަހީމް ނަސީރު
5- މުހައްމަދު އަނީލް
 
Rayyithunge Majlis 2019 MDP Primary ga R.Ungoofaaru Dhaairaa ah vaadha kurevvumah Mohamed Aneel @MDPSecretariat ah form husha’alhuvvaifi pic.twitter.com/2s7UkusoTe
— MDP Secretariat (@MDPSecretariat) December 19, 2018
 
00 ޓެގްރައްޔިތުންގެ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ