ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ޓިކެޓް މައިޓް، އަބުދުއްރަހުމާނަށް ދީފި

ކުޅުދުއްފުށީ ދެކުނު ދާއިރާގެ ޕީޕީއެމް ޓިކެޓް އަބުދުއްރަހުމާނު އިސްމާއިލް (މައިޓް އަބުދުއްރަހުމާން)އަށް ދީފި އެވެ.
އަބުދުއްރަހުމާނަކީ ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައިވެސް ރައީސް ޔާމީންއަށް ތާއިދު ހޯދުމަށް ޖަގަހަ ހަދައިގެން ކެމްޕެއިން ކޮށްދީފައިވެސް ވެ އެވެ. އޭނާ ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައިވެސް ވާދަކޮށްފަ އެވެ.
އަބުދުއްރަހުމާން–އަބުދުއްރަހުމާނު ވާދަކުރަންވަން ނިންމާފައިވާ އެ ދާއިރާ މިހާރު ތަމްސީލް ކުރައްވަނީ މަޝްހޫރު ގާނޫނީ ވަކީލް އަލްއުސްތާޒް މުހައްމަދު ނަޝީދެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ