މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނި ގޮތުގައި، މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނީ ޖަނަރޭޓަރަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މިއަދު އިރުއޮއްސުނުއިރުން ފަށައިގެން މާލޭގެ ހަތަރު އަވަށުގެ ވެސް އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައި ވެއެވެ. މިދިޔަ ހަފުތާގެ ތެރޭގައި ވެސް ބައެއް ރޭތަކުގައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ